މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ އެވެ.
މާލޭ ބައެއް ހިސާބުތަކުން މިރޭ ކަރަންޓު ކެނޑިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.
މިކަން ހާމަކޮށް މާލެއަށް ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ސްޓެލްކޯ އިން ބުނެފައި ވަނީ، ކަރަންޓު ކެނޑުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ޙައްލުކޮށް ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
އެ ކުންފުނިން ވަނީ މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މިރޭ މާލޭ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، މީގެ ހަފްތާއެއްހައި ދުވަސް ކުރިންވެސް ބައެއް ހިސާބުތަކުން ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ