އަލަށް އުފެއްދި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާނެ ކަމުގައި އެމްޑިޕީގެ ޗެއާޕާސަން އަލްއުސްތާޛު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަޠީފު މިހާރު ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އަލްއުސްތާޛު ހަސަން ލަތީފަކީ ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މީގެއިތުރުން އެމަނިކުފާނަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ އިންސާފުގެ މަގަށް ރާއްޖެ ގެނައުމަށް ކުރެއްވި މަސައްކަތުގަޔާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކޯލިޝަނުން ކުރި މަސައްކަތްތަކުގައިވެސް އަލްއުސްތާޛު ހަސަން ލަތީފު ވަނީ އެމްޑީޕީގެ އިސްބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭފަދަ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ހަސަން ލަތީފު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު އެމްޑީޕީގެ އިސްބޭފުޅުންނާއި ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް ހަސަން ނުކުންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ