ކްރިމިނަލް ކޯޓުން ބަލަމުންދާ ތަފާތު 5 މައްސަލައަކާ ގުޅިގެން 5 މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ހޯދަމުންދަނީ ޢަބްދުﷲ ސަޢީދު ޢަލީ، ދަފްތަރު 5364، ކ. މާލެ އާއި ޙުސައިން ނާޞިޙް، ވ. ފްރެޝްވިއު، ކ. މާލެ އާއި ޙުސައިން ޝިފާޢު، މއ. ހަނީސަކްލް، ކ. މާލޭގެ އިތުރުން އާދަމް ސަލީމް، ޔާގޫތުގެ، ހއ. ދިއްދޫ އަދި ޙުސައިން އަޒުރަފު، އައްޑޫގެ، ސ. ހިތަދޫ އެވެ.
ފުލުހުން ބުނީ އެމީހުންނަކީ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހުން ކަމަށެވެ.
މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް އެންގުމަށް ފުލުހުން އެދެ އެވެ.
އަދި މި މީހުންނާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކްރިމިނަލް ކޯޓުން ބަލަމުންދާ ތަފާތު ފަސް މައްސަލައެއްގައި ފަސް މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ