ދެކުނަށް މޫސުން ގޯސް، ސަމާލުވޭ!

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 08:30 ހުން ފެށިގެން މެންދުރު 02:00 އާއި ހަމަ އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން މެޓް އޮފީހުން ލަފާކުރާ ގޮތަށް ބަލާލާއިރު، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރުމާއި އެކު ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ އެވެ.
އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ދެކުނުގެ ސަރަހައްދަށް ގާތްގަނޑަކަށް ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި ދެކުނުގެ ސަރަހައްދަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ