ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފްގެ ޙުކުމް ކުރުން ޖެނުއަރީ 21ގައި!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ގއ.ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ހުކުމް އިސްތިއުނާފް ކުރުމަށް ހުށައެޅި މައްސަލައިގެ ހުކުމްކުރުން، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް (21 ޖަނަވަރީ 2021) ފަސްކޮށްފިއެވެ.
މީގެކުރިން އެ ހުކުމްކުރުމުގެ ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެމައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލާފައި ވީނަމަވެސް އެމައްސަލައިގައި ޙުކުމް ނުކޮށް ދިގުދެމިގެންދާތީ ރައީސް ޔާމީންގެ ވެކީލުންނާއި، ޢާޢިލާ ބޭފުޅުން އަދި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ