އެންމެ މަޤުބޫލު މަންޒިލުގެ އެވޯޑު ލިބުނީ ޓޫރިޒަމް ދާއިރާގެ ބުރަ މަސައްކަތުން: ރައީސް

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދިވެހިރާއްޖެއަށް އެންމެ މަޤުބޫލު މަންޒިލުގެ އެވޯޑު ލިބުނީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިމެނޭ އެންމެންގެ ބުރަ މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ޤަދަރުވެރި އެވޯޑެއް ކަމުގައި ވޯލް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ލީޑިން ޑެސްޓިނޭޝަން އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއަށް މިއު ލިބިފައިވެއެވެ. އެ އެވޯޑަށް 22 ޤައުމަކުން ރާއްޖެއާ ވާދަކުރިއެވެ. Very happy that Maldives won the World’s Leading Destination at this year’s #WorldTravelAwards. Despite COVID-19, the award is the result of the hard work of the entire tourism industry to make Maldives safe and welcoming to visitors. My heartfelt congratulations to all.— Ibrahim Mohamed Solih (@ibusolih) November 28, 2020އެކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ އެވޯޑު ރާއްޖެއަށް ކާމިޔާބުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއެކުވެސް މި އެވޯޑު ރާއްޖެއަށް ހާސިލުވީ ފަތުރުވެރިކަމުގެ މުޅި ސިނާއަތުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމުގައެވެ. މި އެވޯޑު ލިބުމާ ގުޅިގެން ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވުމާއެކު ރައީސް ފާހަގަކުރެއްވީ މިއީ ރާއްޖެއަކީ ޒިޔާރާތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި އަދި މަރުހަބާ ކިޔާ ތަނަކަށް ހެދުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ