ލ.ގަމުން ހައްޔަރު ކުރެވުނު މީހެއް، ތިން ދުވަސް ތެރޭގައި "ރީތިކޮށް، ތުނިކޮށް ބޯކޮށަން" ޝަރުތު ކުރުމަށްފަހު، ލ.ގަމު މެޖިސްޓްރޭޓު ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ، ލ.ގަމު މެޖިސްޓްރޭޓް ކޯޓުން ދޫކުރި "ޝަރުތުކޮށްފައި ދޫކޮށްލުމުގެ އިޤްރާރު"ގެ ލިޔުމެއްގައި، އެރަށުން ހައްޔަރު ކުރެވުނު މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އެ ކޯޓަށް ހާޒިރުކުރެވުމުން، ކޯޓުން އޭނާ ދޫކޮށްލާފައިވަނީ، އޭނާ "ތިން ދުވަސް ތެރޭގައި ތުނިކޮށް، ރީތިކޮށް ބޯކޮށަން" ޝަރުތު ކުރުމަށްފަހުގައެވެ.
އިއްޔެ އެކޯޓުން ކުރި މި ޝަރުތުގެ ލިޔުމުގައިވާ ގޮތުން، 29 ސެޕްޓެމްބަރު 2015 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަސް ވަންދެން މި ޝަރުތަށް އަމަލު ކުރަންޖެހެއެވެ.
ގަމު މެޖިސްޓްރޭޓް ކޯޓުން މިގޮތަށް އަމުރުކޮށްފައި ވަނީ ގަމު މުކުރިމަގު އަވަށު ބީޗްހައުސް ހުސައިން ރިޔާޒުގެ މައްޗަށެވެ. އޭނާ އަކީ މާރާމާރީއެއްގެ މައްސަލައަކާއި ގުޅިގެން ހައްޔަރު ކުރެވުނު މީހެކެވެ.
އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހަށް މި އަމުރުގެ މުއްދަތު ހަމަވި ނަމަވެސް، މި އަމުރު އިސްތިއުނާފު ކުރުމަށް ރިޔާޒްގެ ފަރާތުން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.
ތުނިކޮށް ބޯކޮށުމަށް ޝަރުތުކޮށް ލ.ގަމު މެޖިސްޓްރޭޓް ކޯޓުން މީހަކު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ