ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮމެއް ގޮއްވާލައިގެން ދެވުނު ހަމަލާ އާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކުރެވުނުކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަވާލާދީ އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ކޮށްފައިވާ ރިޕޯޓް ހޯމް މިނިސްޓަރު ދޮގު ކުރައްވައިފިއެވެ.
ރިޔާސީ ލޯންޗްކޮޅަށް ދެވުނު ހަމަލާ ތަހުގީގު ކުރުމަށް ރައީސް އެކުލަވަލައްވާފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކޯޗެއަރ ކަން ވެސް ކުރައްވާ އުމަރު ނަސީރާއި ހަވާލާދީ އޭޕީގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ގޮވާއެތި ހަރުކޮށްފައިވަނީ ރައީސް އަށް ހާއްސަ ކުރެވިފައިވާ ގޮނޑިކޮޅުގެ ދަށުގައި ކަމަށް ވެސް އުމަރާއި ހަވާލާދީ އޭޕީގައި ބުނެފައިވެއެވެ. އަދި މިހަމަލާ އަކީ ސީދާ ރައީސްއަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ކަމަށާއި، މިހަމަލާގެ މަގްސަދަކީ އެވަގުތުއެ ލޯންޗްގައި ތިބި އެންމެން މަރާލުމުގެ ބަދަލުގައި ސީދާ ރައީސް އަވަހާރަކޮށްލުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމަކަށް ގެންދިއުން ކަމުގައި މިނިސްޓަރު އުމަރާއި ހަވާލާދީ އޭޕީ ބުނެއެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާ ތަކުގައި މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ އޭޕީއިން ކޮށްފައިވާ ރިޕޯޓަކީ ހަގީގަތެއް އެކުލެވިފައިވާ ކަމެއް ނޫންކަމަށާއި އޭޕީ އިން އެކަން ރިޕޯޓް ކޮށްފައިވަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި، ނަމަވެސް މީޑިއާތަކުން އެ ވާހަކަ ފެންނަމުންދާ ކަމަށެވެ.
އިއްޔެގެ ނޫސް ކޮންފަރެންސް ގައި މިނިސްޓަރު އިރުތަށް ވިދާޅުވީ މިހަމަލާ އަކީ އެންމެ މަތީ ދަރަޖައިގެ އަދަބު ދޭނެ ކުށެއް ކަމަށާއި، ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދައި އެބަޔަކަށް ހައްގު އަދަބު ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން 5 މީހަކު ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަަ އުމަރު ދޮގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ