މެޓާތަކެއް ކައިގެން ދެހާހެއްހާ ސްކޫލް ކުދިން ވިހަވެއްޖެ

ފިލިޕީންސްގެ ސުކޫލެއްގެ ބޭރުގައި ވިއްކި މެޓާތަކެއް ކައިގެން ދެހާހެއްހާ ސްކޫލް ކުދިން ވިހަވެއްޖެއެވެ.
މި މެޓާތައް ކައިގެން ބޭރަށް ހިންގާ ހޮޑުލެވި ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމަކަށްވެސް ވެދާނެ ކަމަށާއި، އަދި ފަހަރުގައި މިއީ ބަލަންވާ ވަރަށް ނުބެލި ފަރުވާ ކުޑަވެގެންވީ ކަމެއް ކަމަށްވެސް ވެދާނެ ކަމަށް، ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.
މި މެޓާތަށް ކައިގެން ދެހާހެއްހާ ކުދިން ވިހަވިއިރު، އޭގެތެރެއިން ގިނަ އަދަދެއްގެ ކުދިން އަދިވެސް ތިބީ  ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށް، ރިޕޯޓުތަށް ބުނެއެވެ.
ފިލިޕީންސްގެ ފުލުހުން މިހާރު ވަނީ، ސްކޫލްގެ ބޭރުގައި މެޓާތަށް ވިއްކުމުގައި ހަރަކާތްތެރިވި 9 މީހަކު ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ