ފައިނަލުގައި ރޭ 4-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރެކޯޑަކާ އެކު، އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކޮށްފި އެވެ.
މާޒިޔާ އިން މިދިޔަ އަހަރުގެ 19 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ކްލަބް އީގަލްސް 6-1 އިން ބަލިކޮށްގެންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ މި ފަހަރުގެ މުބާރާތެކޭ އެއްގޮތަށް މެޗަކުން ބަލިނުވެ އެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
MU STORE
Villa College
މާޒިޔާ އިން މި ފަހަރުގެ ޔޫތު މުބާރާތުގަައި ޖުމްލަ އެކު، ފައިނަލް މެޗު ހިމެނޭހެން ހަ މެޗު ކުޅުނުއިރު، މޮޅެއް ނުލިބުނީ ލީގު ބުުރުގައި ނިއުއާ ކުޅެގެން 3-3 އިން އެއްވަރުވި މެޗުގަ އެވެ. އޭގެ ބަދަލުގައި ފައިނަލުން ނިއު އަތުން ފަސޭހައިން މޮޅުވީ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި، ފުރަތަމަ ހާފު ނިމިގެންދިޔައީ، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގައި ފެނިގެންދިޔަ ފަސް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދިހަ މިނިޓް ހިނގިތަނާ، މެޗުގެ 55 ވަނަ މިނިޓްގައި، އައިދަން އަހުމަދު މޫސާގެ ލަނޑުން މާޒިޔާ އިން ކުރިހޯދި އެވެ. އަދި، 73 ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން އެ ޓީމުން ލީޑުފުޅާކުރި އެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ނިއު އަށް ލިބުނު ޕެނަލްޓީ އަކުން، އަހުމަދު ހަމްދާން އަޒްލީން ވަނީ ގޯލެއް ޖަހައި، ނިއު އަށް އުންމީދެއް ހޯދައިދީފަ އެވެ. އެހެން ނަމަވެސް، މާޒިޔާ ފެނުނީ މާ ވަރުގަަދަ ކޮށެވެ.
އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ޖަހައި، ޗެމްޕިއަންކަން ކަށަވަަރުކުރީ އެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ، ނައްސާހު އިބްރާހިމް ނާސިރު އެވެ. އަދި، އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި، އަލްހާން ފައިސަލް އަމީން ވަނީ ލަނޑު ޖަހައި މާޒިޔާ އަށް މޮޅު ކަށަވަރުކޮށްދީފަ އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މާޒިޔާގެ އިލާން އެވެ. އެންމެ މޮޅު ކޯޗަކަށް މާޒިޔާގެ އިބްރާހިމް ސައީދު (ކަކާ) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ކެޔޮދޫ އެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި، ހިމެނެނީ، އައިދު، އިލާން، ހޫދު، މާއިލް، ނައްސާހު، ހަމްދާން، އަފްނާން، ނާޝިއު، އިޒާން، ތާއިއު އަދި އަނޫފް އެވެ.
ނިއު ރޭޑިއަންޓް ބަލިކޮށް ރެކޯޑަކާ އެކު މާޒިޔާ އިން 19 އަހަރުން ދަށުގެ މުބާރާތް ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ