ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ އިބްރާހިމް އާސިފް، ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
އާސިފް ވަނީ 29 އަހަރަށްވުރެ ގިނަ ދުވަހު ހާރިޖިއްޔާގައި މަސައްކަތް ކުރައްވާފައެވެ.
އާސިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ. އާސިފް ނިޔާވުމާއި ގުޅިގެން އާސިފްގެ އަނބިކަނބަލުންނާ އާއިލާގެ ބޭފުޅުންނަށް މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިއަދު ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައިވެއެވެ.
އެގޮތުން ސްރީލަންކާގައި މިވަގުތު ތިއްބެވި އާސިފްގެ އާއިލާ ބޭފުޅުންގެ ތެރެއިން އަނބިކަނބަލުންނާއި، ދަރިކަލުންނާއި ދަރިކަނބަލުންގެ އިތުރުން އާސިފްގެ ބޭބެއަށް މިނިސްޓަރު ޝާހިދު ފޯނުން ގުޅުއްވައި، ތައުޒިޔާ ވިދާޅުވެ، އެބޭފުޅުންނަށް ހިތްވަރު ދެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އާސިފް އަކީ މީހުންނާއި ގުޅޭ، މަސައްކަތަށް ފަރުވާތެރި މުވައްޒަފެއް ކަމަށެވެ.
ހާރިޖީ ދާއިރާގެ ހިދުމަތްތެރިއެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ