ރައްޔިތުން ބޭނުންވާ ފެންވަރަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.              
ކ. ގުރައިދޫގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބޭނުނެފުޅުވެވަޑައިގަންނަވަނީ ނަމުގަ ކަމެއް ކުރާކަން ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އެސްޓީއޯއިން ފޮރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުންގެ ފަސޭހައަށްޓަކައި ކޮށްދޭ ހިދުމަތްތަކަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އެކަން ކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮޑިއަށް އަރައި. އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް ޔަގީންކަން އަރުވަނީ، ތިހުރިހާ ބޭފުޅުންނަށް ޔަގީންކަން އަރުވަނީ އަޅުގަނޑުމެން އެސްޓީއޯއިން ކުރާ މަސައްކަތްތަކުގައި އަޅުގަނޑުމެން އެހިދުމަތް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ފެންވަރަށް، ރައްޔިތުން އެބޭނުންފުޅުވާ ފެންވަރަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ރައްދުކޮށްދޭނަމޭ،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައި އާސަންދަ ލިބޭ ބޭސްފިހާރައެއް ގާއިމް ކުރުމަށް އެކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުގައި ކޮންމެ ހަތަރު ދުވަހަކަށް ބޭސްފިހާރައެއް ހުޅުވިފައިވާ ކަމަށެވެ.
އެސްޓީއޯއިން ވަނީ މިހާތަނަށް ރާއްޖޭގެ 46 ރަށެއްގައި އާސަންދަ ލިބޭ ބޭސްފިހާރަ ހުޅުވާފައެވެ. އެކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރުގެ މަހުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ލިބޭ ބޭސްފިހާރަ ގާއިމް ކުރުމެވެ.
    
    ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތް ފޯރުކޮށްދޭނަން - އާޒިމް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            