ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަދަބު ދިނުން އަވަސް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ކޯޓުތަކަށް ގޮވާލައްވައިފި އެވެ.
އަފްރާޝީމް އަވަހާރަކޮށްލިތާ ދެއަހަރު ދުވަސް މިއަދަށް ހަމަވުމާއި ގުޅިގެން ރައީސް މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަފްރާޝީމް އަވަހާރަކޮށްލި މީހުންނާއި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި މެދު ވީ އެންމެ އަވަހަކަށް އަދަބު ދިނުމަށް ގޮވާލައްވާ ކަމަށެވެ.
އަފްރާޝީމަށް ހަމަލާދީ އޭނާ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާއި ދެމެދުގެ ވަގުތެއްގައި ބަޔަކު އޭނާ ދިރިއުޅޭ ހ.ފުންވިލު ގެއަށް ދިއުމަށްފަހު އެވެ. އަފްރާޝީމް އަވަހާރަކޮށްލުމާއި ގުޅިގެން ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެ ކުށް ސާބިތުވާތީ އޭނާ މެރުމަށް މިދިޔަ ޖެނުއަރީ މަހު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ކުރި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
އަފްރާޝީމްގެ ގާތިލުންނަށް އަދަބު ދިނުން އަވަސްކުރުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ