ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު ޕީޕީއެމްއަށް ސޮއިކުރައްވައިފި

23:18 މިހާހިސާބުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު ޕީޕީއެމްއަށް ސޮއިކުރުމުގެ ޖަލްސާގެ ކަވަރޭޖް ނިންމާލާނަން.
23:00 މިހާރު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންދަނީ ރައީސް މައުމޫން.
22:25 މިހާރު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން. ޔާމީންގެ ވާހަކަފުޅުގައިވެސް ވަނީ ޝިފާގު މުފީދަށް މަރުހަބާ ވިދާޅުވެފައި.
22:10 ޝިފާގާއެކު ޕީޕީއެމްއަށް ފުވައްމުލަކުގެ 73 މީހުން ސޮއިކުރާނެކަން އިއުލާންކޮށްފި. މިހާރު މިމީހުން ދަނީ ޕީޕީއެމްއަށް ސޮއިކުރަމުން.
22:07 ސޮއިކުރެއްވުމަށްފަހު، ޝިފާގު ދެއްކެވި ވާހަކަފުޅުގެ ތެރެއިން.
"އަޅުގަނޑު މިއަދު މިކުލައިގެ ހުރެގެންވެސް ހިދުމަތްކުރާނީ ތިޔަ ލޮބުވެތި ރައްޔިތުންނަށް. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ، ކޮންމެ ކުލަޔެއްގައި ހުއްޓަސް، ތިބޭފުޅުންގެ ރަށް، އަޅުގަނޑުގެ ރަށުގެ ކުރިއެރުމަށްޓަކައި އަޅުގަނޑު މަސައްކަތްކުރާނަމޭ"
22:05 ރައީސް މައުމޫނާއި، ޕީޕީއެމްގެ ޕާލިއަމަންޓަރީ ގުރޫޕްގެ ލީޑަރު ޔާމިން، ޝިފާގަށް މަރުހަބާ ދަންނަވަމުން އެބަދޭ.
22:04 މިހާރު ޝިފާގު މުފީދު ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި، ޕީޕީއެމްގެ އިސް ބޭފުޅުންނާއެކު
ފޮޓޯއެއް ނަންގަވަނީ.
22:00 ޝިފާގު މުފީދު ޕީޕީއެމްއަށް ސޮއިކުރަށްވައިފި. ސޮއިކުރެއްވިއިރު، އަރިހުގައި ރައީސް މައުމޫން ހުންނެވި.
21:59 އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރެއްވި، ޝިފާގު މުފީޒު (ހިސްޓޯ) ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ޕީޕީއެމްއާއި ގުޅުމަށް ބާއްވާ ޖަލްސާ މިހާރު ކުރިއަށް އެބަދޭ. މިޖަލްސާގައި ޝިފާގު މުފީދު ސޮއިކުރަށްވާނެ ކަމަށް މައުލޫމާތު ލިބޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ