ޤާސިމް ފިޔަވާ އެހެން ލީޑަރަކު ވެރިކަމަށް ވަޑައިގެންފިނަމަ ޖީއެމްއާރު އެނބުރި އަންނާނެ: އަބްދުﷲ އަބްދުއްރަހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ފިޔަވާ އެހެން ލީޑަރަކު ވެރިކަމަށް ވަޑައިގެންފިނަމަ ޖީއެމްއާރު މިޤައުމަށް އެނބުރި އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުނޅަގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުﷲ އަބްދުއްރަހީމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޤާސިމް އިބްރާހިމަކީ އިޚްލާސްތެރި ބޭފުޅެއް ކަމަށާއި ޖީއެމްއާރު މިގައުމަށް ނުގެންނާނެ ކަމަށް ޤާސިމް އިބްރާހިމް ވަނީ ވައުދުވެވަޑައިގެންފައި ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ފިޔަވާ އެހެން ލީޑަރަކު ވެރިކަމަށް ވަޑައިގެންފިނަމަ ޖީއެމްއާރު މިޤައުމަށް އަންނާނެ ކަމަށް އަބްދުﷲ އަބްދުއްރަޙީމް ވިދާޅުވެފަވާއިރު، ރާއްޖޭގެ ސިޔާސީ އެހެން ލީޑަރުންވެސް ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދައިދިނުމުގައި ޤާސިމް އިބްރާހިމް އަދާކުރެއްވި އިސް ދައުރު ފާހަަގަކުރައްވާ އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ