ޑްރަގް ބޭނުންކުރާ މީހުން އިސްލާހުގެ އިނގިލި ފުރަތަމަ ދިއްކުރަން ޖެހޭނީ ތިމާއާ ދިމާއަށް: އުމަރު

މަސްތުވާތަކެތީގެ ވަބާ މުޖުތަމައުން ނައްތާނުލެވިފައިވާ ސަބަބާ މެދު އެކި މީހުން އެކި ވާހަކަތައް ދެއްކިޔަސް، އިސްލާހުގެ އިނގިލި އެންމެ ފުރަތަމަ ދިއްކުރަން ޖެހޭނީ ތިމާއާ ދިމާއަށް ކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބެއްގައި ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތް ވެފައިވާ މުޖުތަމައަކަށް ހެދުމުގެ ވާހަކަ އެންމެން ވެސް ދައްކަމުން އަންނަ ކަމަށާއި އެކަމަކު އެކަން ނުވަނީ ވަކި ސަބަބުތަކާ ހުރެ ކަމަށް ބުނެ އެކި ދިމާއަށް އިނގިލި ދިއްކުރަމުންދާ ކަމަށެވެ. ބޯނެ އެއްޗެއް ބޮއި، އެންމެ ފަހުން ހަތިޔާރު ހިފައިގެން އައިސް މަންމަގެ ރަންފައްޓަރު ބައި ދަމައިގަނެގެން ފުލުހުންނަށް ރިޕޯޓު ކުރުމުން، އެ ފަދަ މީހަކު އިސްލާހު ކުރުމަކީ ދުރުކަމެއް،-- އުމަރު ނަމަވެސް އޭގެ ބަދަލުގައި އެ އިނގިލި އެންމެ ފުރަތަމަ ދިއްކުރަން ޖެހޭނީ ތިމާއާ ދިމާއަށް ކަމަށާއި ޒިންމާދާރު، ކަންކަމާ މަސްއޫލުވެރި މީހަކަށް ތިމާ ވެއްޖެ ނަމަ އެ ފަދަ އެތައް ބައެއްގެ މައްޗަށް އެކުލެވިގެންވާ މި މުޖުތަމައުގައި ކުށްކުރުން އޮންނާނެތޯ މިނިސްޓަރު ސުވާލުކުރެއްވި އެވެ. ރަސްމިއްޔާތެއްގައި އުމަރު ވާހަކަ ދައްކަވަނީ: އިސްލާހުގެ އިނގިލި ފުރަތަމަ ދިމާކުރަން ޖެހޭނީ ތިމާއާ ދިމާއަށް ކަމަށް ވިދާޅުވި-- ހަވީރު ފޮޓޯ: ނިޝާން އަލީ "މިވަބާގައި ޖެހިފައިވާ ފަރާތްތަކުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މަސްތުވާތަކެއްޗާ ނުލައި މިނިވަން ދިރިއުޅުމެއް އުޅުމުގެ ކުޅަދާނަ ކަމަކީ އެ މީހަކު ހަޔާތާ މެދު ދެކޭ ފޮނި ހުވަފެންތަކާއި ހިތުގައިވާ ސާބިތުކަމާއި އީމާންކަމާ ގުޅުން ހުރި ބައެއްކަން،" ހިތުގެ އީމާންކަން ވަރުގަދަ ކުރުމަށް ގޮވާލައްވައި އުމަރު ވިދާޅުވި އެވެ. މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ބޭނުން ކުރާ މީހުންގެ އާއިލާތަކުން އެކަން ސިއްރުކުރުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ "ބޯނެ އެއްޗެއް ބޮއި، އެންމެ ފަހުން ހަތިޔާރު ހިފައިގެން އައިސް މަންމަގެ ރަންފައްޓަރު ބައި ދަމައިގަނެގެން ފުލުހުންނަށް ރިޕޯޓު ކުރުމުން، އެ ފަދަ މީހަކު އިސްލާހު ކުރުމަކީ ދުރުކަމެއް" ކަމަށެވެ. އެހެންވެ، މިކަމުގައި އެންމެން ވެސް ޒިންމާ އަދާކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. "އަޅުގަނޑު ދަންނަވާލާނީ އާއިލާގެ އެއްވެސް މެމްބަރަކު މި ފަދަ ކަމެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވައި، ދަރިންގެ އިސްލާހަށްޓަކައި މަސައްކަތް ކޮށްދޭށޭ. އޭރުން އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބު ކުރެވިދާނެއޭ،" އުމަރު ވިދާޅުވި އެވެ. ރާއްޖޭގައި ޑްރަގްސްގެ ހާލަތު:2011-2012 އިން ހެދި ސާވޭ އަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7،496 މީހުން އެބަތިބި.އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ މަތީ 15-35 އަހަރާ ދެމެދުގެ ޒުވާނުން.ފަހަކަށް އައިސް ރާއްޖޭގައި ނުރައްކާތެރި ޑްރަގްސް ދަނީ އިތުރުވަމުންމަސްތުވާތަކެތީގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާ ގުޅުން ބޮޑުއޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ނުވަތަ އެ ބޭނުން ކުރުމަކީ ބައްޔެއް ނޫނެވެ. އެކަމަކު އެއީ ހުތުރުކަން ބޮޑު ފާފައެއް ކަމަށާއި އޭގެ ތެރެއަށް ވެއްޓި ނުގަނެ، ކޮންމެ މީހަކަށް ވެސް އޭނާގެ ހަޔާތް ބާއްޖަވެރި ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމުގައި ބޭނުން ވަނީ ހަމައެކަނި އީމާންތެރިކަމާއި ﷲގެ އޯގާވަންތަވެރިކަމާ މެދު އުއްމީދު ކަނޑާނުލުން ކަމުގައި ވެސް ވިދާޅުވި އެވެ. މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކޮށް، އެ ބޭނުންކުރާ މީހުން އަލުން މުޖުތަމައަށް ގެނައުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ޑްރަގްގެ ވިޔަފާރިކުރާ ބޭރު މީހުންނާ ގުޅިގެން ރާއްޖޭގައި ވެސް އޭގެ ވިޔަފާރިކުރާ ކަމަށެވެ. އަދި އެކަންކަމުން ދަރިން ސަލާމަތް ކުރުމަށް އިސްލާމީ ހަރުދަނާ ތަރުބިއްޔަތު ޅަދަރިންނާއި ޒުވާނުންނަށް ދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އޭގެ އިތުރުން، ގާނޫނު ތަންފީޒު ކުރާ ބާރުތަކާއި ޝަރުއީ ދާއިރާ ވެސް ތެދުވެރިކަމާ އެކު އަބަދު ސަމާލުވެ ތިބުން މުހިއްމުކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ