ރޯޑްވާދިނަސް ހައްދަން ނުޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށްފި

ރޯދްވާދިނަސް ހައްދަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
ހައިކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ އެއްގަމު ދަތުރުފަތުރައި ބެހޭ ގާނޫނުގެ ދަށުން ރޯޑް ވާދިނަސް އާ ނުކޮށް އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަންތަނުގައި ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް ރޯޑް ވާދިނަސް ހެއްދުމުން އެހެން އުޅަނދުތައް އިސްތިސްނާ ކުރުމަކީ އެގާނޫނުގެ މަގުސަދާއި ހިލާފު ކަމެއް ކަމަށެވެ.
އަދި ގާނޫނެއްގެ މަގުސަދު ގެއްލޭ ގޮތަށް އެގާނޫނެއް މާނަ ކުރެވިގެން ނުވާނެ ކަމަށް މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމާއި ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އަދި ރޯޑް ވާދިނަސް އާކުރަން ޖެހެނީ ހަމައެކަނި އާއްމު ދަތުރުފަތުރުގައި ބޭނުން ކުރާ އުޅަނދު ފަހަރާއި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުން ކުރާ އުޅަނދު ފަހަރުތަކުގައި ކަމަށް ކަނޑައަޅައިފިނަމަ އެއްގަމު ދަތުރުފަތުރާއި ބެހޭ ގާނޫނުގެ ދަށުން ކަށަވަރުކޮށް ދިނުމަށް މަސައްކަތް ކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަން ހަމަހަމަކަމާ އެކު ހުރިހާ ފަރާތްތަކަށް ކަށަވަރުކޮށް ނުދެވޭނެ ކަމަށް ވެސް މިހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ