މީގެ ކުރިން ފެނިފައިވާ ނުވާ ވައްތަރެއްގެ ނުރައްކާތެރި ވައިރަސް އެއްް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.                        
ޑަބްލިއު އެޗްއޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން ފެނިފައި ނުވާ ކޮރޯނާ ވައިރަސްއެއް ކަމަށް ބެލެވޭ މިވައިރަސްގެ އަސްލު އަދި އެނގިފައިނުވާ ކަމަށާއި މިހާތަނަށް މިވައިރަސްގެ ސަބަބުން ބަލިވެފައިވާ ހަމީހުންގެ ތެރެއިން ހަތަރު މީހުންނަކީ ސައުދީ އަރަބިއްޔާގެ މީހުންކަމަށާއި އޭގެތެރެއިން ދެމީހުން މިހާތަނަށް މަރުވެފައިވާކަމަށެވެ. އަދި އަނެއް ދެމީހުންނަކީ ގަތަރުގެ ދެމީހުން ކަމަށް ވެސް ޑަބްލިއު އެޗްއޯއިން ބުނެއެވެ. 
މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ސެޕްޓެމްބަރު މަހު ސައުދީއަރަބިއްޔާއަށް ދަތުރު ކޮށްފައިވާ ގަތަރު ރައްޔިތެއްގެ ގައިން ކަމަށްވެސް އެޖަމްއިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. 
އެޖަމްއިއްޔާއިން ބުނާގޮތުން މިވައިރަސް އަކީ ސާސް ވައިރަސްގެ އާއިލާގެ ވައިރަސްއެކެވެ. ނަމަވެސް އަދި އެޖަމްއިއްޔާއިން ބުނެފައިވަނީ އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ސައުދީ އަރަބިއްޔާއާއި ގަތަރު ފިޔަވާ އެހެން ގައުމުތަކުން ވެސް މިވައިރަސް ފެނުން އެކަށިގެންވާ ކަމަށް ޑަބްލިއު އެޗްއޯއިން ބުނެއެވެ.
    
    މީގެ ކުރިން ފެނިފައި ނުވާ ވައްތަރެއްގެ ކޮރޯނާ ވައިރަސްއެއް ފެނިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            