ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލާ ގިނަ ބަޔަކު ކުށުގެ ރެކޯޑް ސާފުކުރަން އެދެމުންދާތީ އެހިދުމަތްދޭ ވަގުތު ސްޕްރީމް ކޯޓުން ވެސް އިތުރުކޮށްފިއެވެ.
ސްޕްރީމް ކޯޓުން ބުނީ މިއަދު 18:00 ޖަހަންދެން ކުށުގެ ރިކޯޑު ސާފު ކުރުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށާއި އަދި އަންނަ ހޮނިހިރު ދުވަހު ވެސް ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ކުށުގެ ރިކޯޑު ސާފުކޮށްދޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބައި ގުޅިގެން ކުށުގެ ރެކޯޑު ސާފު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅަމުންދާތީ ކްރިމިނަލް ކޯޓާއި، ހައިކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ އަދިވެސް ބައެއް އެހެން މުއައްސަސާތަކުން ދަނީ ހިދުމަތް ދޭ ވަގުތު އިތުރު ކުރަމުންނެވެ
ކުށުގެ ރެކޯޑް ސާފުކޮށްދޭ ވަގުތު ސުޕްރީމް ކޯޓުން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ