ޗިލީގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް ކާމިޔާބު ކުރައްވައިފި

ޗިލީގެ ރިޔާސީ އިންތިހާބު ފުރިހަމަ އަގުލަބިއްޔަތަކުން ކުރިންވެސް އެ ގައުމުގައި ރައީސްކަން ކުރައްވާފައިވާ މިޝޭލް ބާޗެލެޓް ކާމިޔާބު ކުރައްވައިފި އެވެ.
ވާތު ފިޔައިގެ ކެނޑިޑޭޓް މިޝޭލް އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެނޑިޑޭޓް އީވިލިން މާޓިއާ އާ ވާދަކޮށެވެ. ބަޗެލެޓް 63 ޕަސެންޓް ވޯޓު ހޯއްދެވިއިރު އިދިކޮޅު ކެނޑިޑޭޓަށް ލިބިވަޑައިގެންނެވީ 38 ޕަސެންޓް ވޯޓެވެ.
އިންތިހާބު ކާމިޔާބުވިކަން ކަށަވަރު ވުމުން 2006 އިން 2010 އަށް ރައީސްކަން ކުރެއްވި ބާޗެލެޓް ވިދާޅުވީ ނަތީޖާއާމެދު ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އަދި ވެރިކަން ކުރައްވާނީ ވަކި ބަޔަކަށް ޓަކައި ނޫން ކަމަށާއި އެކަމަނާ ވެވަޑައިގަންނަވާނީ ޗިލީގެ ރައްޔިތުންގެ ރައީސަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
ބާޗެލެޓަށް އިންތިޚާބު ކާމިޔާބު ވެއްޖެކަން ކަށަވަރު ވެފައިވާއިރު އެ ކަމަނާއަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ މަގުތަކުގައި އުފާ ފާޅު ކުރަމުންނެވެ. ބާޗެލެޓް ހޯއްދެވި ކާމިޔާބީއަށް އެ ގައުމުގެ މިހާރުގެ ރައީސް ސަބާސްޓިއަން ޕިނެރާ ވަނީ މަރުހަބާ ދަންނަވާފަ އެވެ.
ބާޗެލަޓަކީ 1973 އިން 1990 އަށް އެގައުމުގައި ހިންގި އަސްކަރީ ވެރިކަމަށްފަހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެވުނު ދެވަނަ ރައީސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ