ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި އަސްކަރީ މަނަވަރު ”އިމާދުއްދީން“ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ރަސްމީކޮށް ކޮމިޝަން ކޮށްދެއްވައިފިއެވެ.
މި މަނަވަރަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ގޮތަށް މުޅިން އަލަށް ބަނދެފައިވާ މަނަވަރެއް ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް، ރާއްޖެއަކީ ކަނޑުގެ ބާރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ހޯދިފައިވާ މުހިންމު ވަސީލަތެކެވެ.
މި މަނަވަރު އޮޕަރޭޓް ކުރުމަށްޓަކައި ދިވެހި ސިފައިން ވަނީ ތިން މަސް ދުވަހުގެ ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އަދި އޮސްޓްރޭލިއާ އިން ރާއްޖެއަށް މި މަނަވަރު ގެނައުމަށް ކުރި 14 ދުވަހުގެ ދަތުރުގައި ދިވެހި ސިފައިން ވަނީ އަމަލީ ގޮތުން ބައިވެރިވެ، މަނަވަރު ދުއްވުމުގެ ތަޖުރިބާ ހޯދާފައެވެ.
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މިފަދަ މަނަވަރެއް ހަދިޔާކުރާނެކަން ރައީސް ޑރ. މުއިއްޒު ފުރަތަމަ އިއުލާން ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި މަނަވަރު ހިދުމަތަށް ނެރުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
އޮސްޓްރޭލިއާއިން ހަދިޔާކުރި އަސްކަރީ މަނަވަރު ”އިމާދުއްދީން“ ހިދުމަތަށް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ