ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަންދެން ކަސްޓަމްސް ހިންގުމާ ހަވާލުވެ ހުންނާނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސް މިގޮތަށް ހާމަކޮށްފައިމިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހްމަދު ނުއުމާން މިމަހުގެ ހަތްވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި ނުއުމާން ޢައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ގައެވެ. އައްޑުއަތޮޅު ހިތަދުއަށް އުފަން ނުއުމާނަކީ، މީގެ ކުރިންވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ހިދުމާތް ފުރަތަމަ ފަށްޓަވާފައިވަނީ 29 ޖޫން 1991 ގައެވެ. އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރޭޑިޔޯ ޓެކްނީޝަންގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން ކަމުގެ މަގާމުވެސް ނުޢުމާން ފުރުއްވާފައިވެއެވެ.
ވަގުތީގޮތުން ކަސްޓަމްސް ހިންގުމަށް ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ޝަރީފް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ