ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނި އަތުން ނެގުން މަޑުޖައްސާލަން ކޯޓުން އަމުރު ކޮށްފި

ގދ. ކާޑެއްދޫ އެއާޕޯޓް އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ގާޒީ މުހައްމަދު ހަލީމް ނެރުއްވި އަމުރުގައި ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވަނީ އެ އެއްބަސްވުން އުވައިލި އުވައިލުމާ މެދު ކޯޓުން ގޮތެއް ނިންމަންދެން އެ ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.
ސަރުކާރުން ވިލާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓްގެ ހިންގުން 50 އަހަރަށް ދީފައި ވަނިކޮށް އެތަނުގެ އެއްބަސްވުން މިދިޔަ މަހު ބާތިލްކުރީ އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ އެވެ. ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލަން ކޯޓުން އަމުރުކުރީ އެއްބަސްވުން އުވައިލީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ވިލާ އިން ކޯޓަށް ހުށަހެޅުމުންނެވެ.
މިމައްސލާގައި ގާސިމް މީގެ ކުރިން ބުނެފައިވަނީ އެއަރޕޯޓް އަތުލާފައިވަނީ ބޮޑު އިންވެސްޓްމެންޓް އަކާއި ދިމާލަށް ދަނިކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ