ރައީސް މައުމޫން ބަންދުގައި ބެހެއްޓުމަކީ ފާޅުވެގެންވާ ބޮޑު ގޯހެއް: ހުސްނުއް ސުއޫދު

އުމުރުފުޅުން 82 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގެ ގޮޅިއެއްގައި ބަންދުކޮށްފައިވާ ބެހެއްޓުމަކީ ފާޅުވެގެންވާ ބޮޑު ގޯހެއް ކަމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން ސަރުކާރުގެ ބައެއް އިސްވެރިން ހިމެނޭގޮތުން، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އަދި ފިޝަރީޒް މިނިސްޓަރު ޑރ މުހަންމަދު ޝައިނީ ގެ ޓްވިޓާ އެކައުންޓް ގެ އެޑްރެސްވެސް ޖައްސަވައި، ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ސުއޫދު އިތުރަށް ވިދާޅުވީ އިންސާނުންނާއި ދޭތެރޭ ކަންކުރަން ޖެހޭނީ އިހުތިރާމާއި އަދި އޯގާތެރިކަމާ އެކީ ކަމަށާއި ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާ މެދު ކަން ކުރަން ޖެހޭނީ އިހުތިރާމާއި އަދި އޯގާތެރިކަމާއެކީ ކަމަށެވެ. ސުއޫދު އިތުރަށް ވިދާޅުވީ އެންކުޑަމިނުން ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކުރުމަށް ގޮވާލާ ކަމަށާއި އަދި އިންސާނިއްޔަތު ކަން ދައްކަން ޖެހޭ ކަމަށެވެ. 
Its pure evil to keep Prez @maumoonagayoom in a prison cell at 82+ years. We should treat our fellow humans, especially the elderly, with respect and kindness. At least transfer him to house arrest. Be humane! @judiciarymv @PresidentYAG @ahmed_nihan @MoosaZameer @mshainee
ސުއޫދު މިގޮތަށް ޓްވީޓް ކުރެއްވިއިރު މި މާރޗް މަހުގެ 27 ވަނަ ދުވަހަށް، ރައީސް މައުމޫން ޖަލު ބަންދުގައި ހުންނަވާތާ 50 ދުވަސް ވަނީ ވެފައެވެ. 
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރަކާއި ސިޔާސީ ބޭފުޅުންތަކަކާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ. އަދި މިބޭފުޅުން ގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެން ނެރުނު އަމުރެއްކަން ސާފުވާ ކަމަށެވެ. 
 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ