ބޮޑު ތަފާތަކުން ޖެމެއިކާގެ މައްޗަށް ފްރާންސް ކުރި ހޯދާ ހިތްހަމަޖެހިލައިފި


ބޮޑު ތަފާތަކުން ޖެމެއިކާގެ މައްޗަށް ކުރި ހޯދާ ވާލްޑް ކަޕަށް ދިއުމުގެ ކުރިން ފްރާންސްއިން ހިތްހަމަ ޖެހިލައިފިއެވެ.
 
ވާލްޑް ކަޕަށް ދިއުމުގެ ކުރިން ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ މެޗެއްގައި ރޭ ފްރާންސް ޖެމެއިކާގެ މައްޗަށް ކުރި ހޯދީ އަށް ލަނޑު ސުން ލަނޑުންނެވެ. ރޭގެ މެޗްގައި ފްރާންސްއިން ޖެހި އަށް ލަނޑުގެ ތެރެއިން ބްލެއިސް މަތުއަދީއާ، ކަރީމް ބެންޒިމާއާ، އެންޓޮއިން ގްރިޒްމަން މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޔޯހަން ކަބާޔީއާ، އޮލިވިއެ ޖިރޫއެވެ. މުބާރާތުގައި ފްރާންސް އޮތީ އިކުއެޑޯއާ، ސްވިޒަރލެންޑާ، ހޮންޑިއުރަސްއާއެކު ގްރޫޕް އީގައެވެ.
 
 
ފްރާންސްގެ ފުރަތަމަ މެޗަކަށް ވެގެންދާނީ މިމަހުގެ ފަނަރަވަނަ ދުވަހު ހޮންޑިއުރަސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ