ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި
ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެމް.އޯ.ޔޫއެއްގައި ދިވެހި ސަރުކާރާއި ސްރީލަންކާގެ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.
މިއެމް.އޯ.ޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމާބެހޭ ވަޒީރު ޑރ. އާސިމް އަހުމަދެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މަތީ ތަޢުލީމާ ބެހޭ ވަޒީރު އެސް.ބީ ޑިސަނަޔަކައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި ކަމަށް ދިވެހި ޚާރިޖިއްޔާ އިން މައުލޫމާތުދެއެވެ. ސްރީލަންކާއާއި ރާއްޖެއާ ދެމެދު ސޮއިކުރި މިއެއްބަސްވުމުގައި ތަޢުލީމާއި މީހުން ތަމްރީނު ކުރުމުގެ ދާއިރާގައި ދެގައުމު ގުޅިގެން މަސައްކަތްކޮށް، އެއްގައުމު އަނެއް ގައުމަށް އެހީވުމަށް ބާރުއަޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ