އެމްޑީޕީ މެމްބަރުން، އެޕާޓީ ހަލާކުކޮށްލަން އުމަރު ނަސީރު އެމްޑީޕީއާއި ވައިވެސް އެޅުނަ ނުދޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ހެނދުނު ހަސަން މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ ތޯހާ އަލީ ކިޔާ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. ތޯހާ އަލީ ބުނެފައިވަނީ "ޗެއަރޕަރސަން ކައިރީ ބުނަން އޮތީ، ވަރަށް ވިސްނައިގެން، ލޯ ހުޅުވައިގެން، ކަންފަތްވެސް ހުޅުވައިގެން ހުންނަވައްޗޭ. މިހާރު ކޯލިޝަނުން ކަންތައް ކުރާ ގޮތް ވަރަށް ގާތުން ބަލައްޗޭ. ހަރުގަނޑަކީ ވަރަށް ބޮޑު ވައިރަސްއެއް. ރައީސް ނަޝީދަށް ދޯކާ ދޭން ފުރުސަތު ދީގެން ނުވާނެ" ކަމަށެވެ.
އެއަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ މެމްބަރުން، އެޕާޓީ ހަލާކުކޮށްލަން އުމަރު ނަސީރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނެކަމަށެވެ. އަދި އެކަން ވަރަށް ސާފުކަމަށެވެ.
MDP ge membarun, Umar Naseer @MDPSecretariat halaaku kollan MDP aa vaives elhunaka nudheyne. Varah saafu!! https://t.co/JjlsnaCiy1
ހަސަން ލަތީފު ވަނީ އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުން އެންމެ ފުރަތަމަވެސް އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޖޭޕީގެ ޓިކެޓް ޤާސިމް އިބްރާހިމަށް ލިބިވަޑައިނުގަންނަވާނަމަ، އެޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، އުމަރު ނަސީރު ޖޭޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވުމުން، އެޕާޓީގެ އަސާސީ ޤަވާޢީދު ބެއްލެވިންތޯ ހަސަން ލަތީފުވަނީ އުމަރު ނަސީރާއި ސުވާލުކުރައްވާފައެވެ. އަދި ޖޭޕީގެ ރިޔާސީ ޓިކެޓަކީ އެޕާޓީގެ އަސާސީ ޤަވާޢިދުން، އެޕާޓީގެ ލީޑަރަށް ލިބޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
އުމަރު ނަސީރު ޖޭޕީއާއި ގުޅިވަޑައިގަތުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުމަރު ނަސީރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނެ: ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ