ރާއްޖެ އޮތް ހާލަތަކީ ހިތާމަވެރި ހާލަތެއް ނަމަވެސް މިއީ ރައްޔިތުން މާޔޫސްވާވީ ވަގުތު ނޫންކަމަށާއި މެލޭޝިއާގެ އާންމު އިންތިހާބުން ދިވެހިންނަށް ވަރަށް ގިނަ އިބްރަތްތަކެއް އިބްރަތްތަކެއް ލިބިގެން ގޮސްފިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް "ޖޭޕީ ހޭވައްލާ" މިރޭ ފެށި ކެމްޕެއިންގައި ގާސިމް ދެއްބި ވީޑިއޯ މެސެޖެއްގައެވެ.
ގާސިމް ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް ދެގުނަ އަދި ތިންގުނަ އިތުރަށްވެސް މަސައްކަތް ކުރަންޖެހޭކަމަށާއި ޕާޓީތައް އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައެވެ. އަދި ކުރިއަށް އިތްތަކުގައި ޕާޓީތައް ކުރިއަށް ދާނީ އެގޮތުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިރޭގެ މެސެޖްގައި ގާސިމްވަނީ ޖޭޕީގެ ކާމިޔާބީތަކަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ހުރިހާ މީހުންނަށްވެސް ހުޅުވާލެފިވައިވާ ޕާޓީއެއްކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަރަށް މުހިންމު ބޭފުޅަކު ވަރަށް އަވަހަށް ޖުމްހޫރީޕާޓީ ގުޅިވަޑައިގަންނަވާނެކަމަށާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއީ ކޮން ބޭފުޅެއްކަން އެނގިގެންދާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މެލޭޝިއާއިން ލިބުނީ އިބްރަތެއް، ރައްޔިތުން މާޔޫސް ނުވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ