އިންތިހާބަށް ކަރަންޓުގެ އަގުހެޔޮ ކުރިއަސް ވޯޓު ދެވޭކަށް ނެތް - މަހްލޫފް

ރިޔާސީ އިންތިހާބަށް ކަރަންޓުގެ އަގުހެޔޮ ކުރިއަސް ވޯޓް ދެވެން ނެތް ކަމަށާއި އަދި ނުވެސް ދޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފު މިހެން ވިދާޅުވީ އަތޮޅުތެރޭގެ ކަރަންޓް މާލެ އާއި އެއް އަގަކަށް ސަރުކާރުން ކުޑަކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެެއްގައި އެވެ.
މަހުލޫފް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މާ ހޭލުންތެރި ބައެއް ކަމަށާއި ސަރުކާރުން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓް ދެމުން އައި އަގު ބައެއް ބޭންޑްތަކުން ހެޔޮކޮށް މާލެ އާއި އެއް ހަމައަކަށް ކަރަންޓްގެ އަގު ގެންނަން ސަރުކާރުން ނިންމާފައިވާކަން މިއަދު އިއުލާން ކޮށްފައިވާއިރު އަގު އެއްގޮތް ކޮށްފައި ވަނީ 400 ޔުނިޓާއި ހަމައަށެވެ.
މިކަން އިއުލާން ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވާރްމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް އެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގެ އާބާދީގެ 85 އިންސައްތަ މީހުން ބޭނުން ކުރަނީ 400 ޔުނިޓަށްވުރެ މަދު އަދަދެއްގެ ކަރަންޓެވެ.
ކަރަންޓްގެ އަގު ހެޔޮ ކުރާނީ މާޗް މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ