އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިބީ ރައްޔިތުން ބަލައި ނުގެން ބޭފުޅުން: މުބީން
ދިވެހި ގައުމު 33 އަހަރު ހިތުހުރި ގޮތަކަށް ހިންގަން ލިބުނު ބޭފުޅުން ރައްޔިތުންނަށް ކަމެއްކޮށްދީފައި ނެތުމަކީ މިއަދު މުޅި ގައުމު އެކަމާ ވިސްނަން ޖެހިފައިވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިފަދައިން ވިދާޅުވީ ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ވޭތިވެ ދިޔަ 33 އަހަރު ގައުމުގެ ވެރިކަން ކުރައްވާފައިވާ ފަރާތްތަކުން ވެރިކަން ކޮށްފައިވާގޮތުގެ މައްޗައް އަލިއަޅުވާލައްވާ ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވަހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާރލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މުބީން ވިދާޅުވީ އެއްބޭފުޅަކީ 30 އަހަރު ހިތުހުރި ގޮތަކަށް ގައުމު ހިންގަން ލިބުނު ބޭފުޅެއްކަމަށާއި، ދެން ވެރިކަމަށް ވަޑައިގެން ބޭފުޅާ ވެރިކަމާއި ހަވާލުވީ ތިރިސް އަހަރުވީ ވެރިކަމުގައި ހުރި ނުރަގަޅު ކަންކަން ރަނގަޅު ކުރުމުގެ ނަމުގައިކަމަށެވެ. ނަމަވެސް އެހެން ވިދާޅުވުމަށްފަހު ވެރިކަމާ ހަވަލުވި ބޭފުޅާ ތިންއަހަރު ހަމަ ނުވަނީސް ހޯހޯ ގޮވާ ވެރިކަން ދޫކޮށް ގެއަށް ވަޑައިގެންނެވިކަމަށް މުބީން ފާހަގަ ކުރެއްވިއެވެ. އަދި ވޭތިވެގެން ދިޔަ ދިގުމަޒީގައި ރައްޔިތުންނަށް ބެނުންވާ ޒަރޫރީ ކަންކަންވެސް ކޮށްދީފައި ނުވާކަމަށް މުބީން ވިދާޅުވިއެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދަވައި ދެއްވުން ކަން ފާހަގަކުރައްވާ މުބީން ވިދާޅުވި ސާފްބޯފެނާއި، ނަރުދަމާގެ ނިޒާމް ގާއިމްކޮށް، ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާގެ އިތުރުން ދަރިންނަށް ތައުލީމް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމުގައި އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރެއްވިކަމަށެވެ. އިތުރަށް މުބީން ވިދާޅުވީ އެމްއޯޔޫގެ ނަމުގައި އިދިކޮޅު ކޯލީޝަނެއް ހަދައިގެން ގައުމުގެ ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ . ނަމަވެސް ވެރިކަމަށް އައުމަށްޓަކައި ސިޔާސީ ޕާރޓީއަކުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލްގައި ފެންނަމުންދަނީ ރާއްޖެއާއި މެދު އިހާނެތިކޮށް ކަންތައްތައްކޮށް ރައްޔިތުން ނިކަމެތި ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ މަންޒަރުކަން ފަހަގަ ކުރައްވާ މުބީން ވިދާޅުވީ ރާއްޖޭގެ ޓްއަރިޒަމް ދާއިރާ ކުރިއެރުވުމަށް ރާއްޖޭން ބޭރުގައި ޓްއަރިޒމް ޕްރޮމޯޓްކުރުމަށްޓަކައި ތަފާތު އެކިއެކި ހަރަކަތްތައް ދިވެހި ސަރުކާރުން ހިންގަމުންދާއިރު އިދިކޮޅު ފަރާތްތަކުން ޓްއަރިޒަމް ބޮއިކޮޓްކޮށް ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރިކަން ނެތް ގައުމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަޝީދަކީ ޑިމޮކްރަސީގެ ބައްޕަކަމުގެ މެޑެލް ޖަހައިގެން އަދި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާރޓީއަކީ އެމްޑީޕީކަމަށް ދައުވާ ކުރަމުން ދާއިރު އެމްޑީޕީ ވަރުގެ ޑިމޮކްރސީއާއި ބީރައްޓެހި ޕާރޓީއެއް މިގައުމުގައި ނެއްކަން މުބީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ