މެދުރާއްޖެ ތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އައިލެންޑާސް ފުޓްސަލް ޗެލެންޖު 2018 ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 30 އަށް މ. ދިއްގަރުގައި ކުރިއަށްދާ މި މުބާރާތަކީ ޓީ.އެފް.އެމް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން މ. އަތޮޅު ކައުންސިލާއި ދިއްގަރު ކައުންސިލާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ ޗެރިޓީ ޕާޓްނަރަކީ ކެންސަރ ސޮސައިޓީ މޯލްޑިވްސް އެވެ. އަދި ބްރޯޑް ކާސްޓިން ޕާޓްނަރަކަށް ވީޓީވީ ހަމަޖައްސާފައިވާއިރުޒ އޮންލައިން މީޑިއާ ޕާޓްނަރަކީ މީމު.އެމްވީއެވެ.
މުބާރާތް ހުޅުވި މެޗުގައި ބަައްދަލުކުރީ މަަޑުއްވަރިއަށް ނިސްބަތްވާ ދެ ޓީމެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަންސް (ދަގޭންގް) އާއި މުސްކުޅި ބޯއިސް އެވެ. މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
މިއަހަރުގެ އައިލެންޑާސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރުޒ ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޓީއެފްއެމް ސްޕޯޓްސް ކުލަބުން މައުލޫމާތުދެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އައިލެންޑާސް ފުޓްސަލް ޗެލެންޖު 2018 ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ