ޑިލައިޓް "ސްކޫލް ސީޒަން ފެއާ" ކުރިއަށް

އަންނަ އަހަރުގެ ދިރާސީ އަހަރާ ދިމާކޮށް، ހިތަދޫގައި ހުންނަ ޑިލައިޓް ފިހާރަތަކުން ސްކޫލްގެ ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެއްޖެ އެވެ.
އެގޮތުން ހިތަދޫގައި ހުންނަ "ޑަބަލް ޑިލައިޓް" އާއި "ޑިލައިޓް އަލީ" އިން ވަނީ "ސްކޫލް ސީޒަން ފެއާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި، 5-20 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ފިހާރަތަކުން ބުންޏެވެ.
އަދި 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ހަދިޔާތަކެއް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ޑިލައިޓް މެނޭޖްމަންޓުން ބުންޏެވެ.
މި ޕްރޮމޯޝަނުގައި ސްކޫލް ކުދިންނަށް ބޭނުންވާ ދަބަހާއި ބޫޓާއި އަދި އެ ނޫން ވެސް ތަފާތު ބާވަތްތަކުގެ ފެންވަރު ތަކެތި ރަނގަޅު ލިބޭނެ ކަމަށް ޑިލައިޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ