ޅ. އަތޮޅުގެ ރައްޔިތުން ތިއްބެވީ ރައީސް ޔާމީންއާއި އެކު ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.ޅ. އަތޮޅުގެ ހުރިހާ ރަށްތަކަށް ރައީސް ޔާމީންގެ ކެމްޕޭން ޓީމުން ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޅ. ހިންނަވަރުގައި ހުންނަވައިގެން ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާއިންވެސް ހިންނަވަރު ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން ހިންނަވަރުގެ ގިނަ ރައްޔިތުން ޖަލްސާގައި ބައިވެރިވިކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ. ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިތުރަށް ވިދާޅުވީ ކެމްޕޭން ޓީމުގެ ފަރާތުން ހިންނަވަރުގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކޮށްފައިވާކަމަށް. އެގޮތުން ދޮރުން ދޮރަށް ކުރައްވާ ކެމްޕޭންގެ ތެރެއިން ހިންނަވަރުގެ ރައްޔިތުންނަށް މި ސަރުކާރުގެ ތެރެއިން އެ ރަށަށް ގެނެސްފައިވާ ތަރައްޤީގެ ޕްރޮޖެކްޓްތަކާއި ބެހޭ މުހިންމު މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. ހެލްތް މިނިސްޓަރ ނާޒިމް އިތުރަށް ވިދާޅުވީ ޅ އަތޮޅުގެ އިތުރު ރަށްތަކައް ދިޔުމަށް ހަމަޖެހިފައިވާކަމަށާއި މި ދަތުރުގެ ތެރެއިން އެ އަތޮޅުގެ ހުރިހާ ރަށަކައް ޒިޔާރާތް ކުރައްވާނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ އިތުރުން މިފްކޯގެ ސީއީއޯ އަދްލީ އިސްމާއީލް ބައިވެރިވަޑައިގަންނަވާ މި ދަތުރުގައި ހިންނަވަރުގެ ރައްޔިތުންގެ ފަރާތުންވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެގޮތުން ހިންނަވަރުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކެމްޕޭން ޓީމުން އެ ރަށަށް ވަޑައިގެންނެވުމުން ބަނދަރު ސަރަހައްދުން މަރުހާބާ ދަންނަވާފައެވެ. މި ކެމްޕޭން ދަތުރުގެ ތެރެއިން ޅ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލަތު ބެއްލެވުމަށް ހަމަޖެހިފައިވެއެވެ. ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ހަތް މީހުން ދިރިއުޅޭ ހިންނަވަރުގައި މި ސަރުކާރުން ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވޭ. އެގޮތުން ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން އެ ރަށުގައި ފުޓްސަލްދަނޑަކާއި ބަށި ކޯޓެއްގެ އިތުރުން ނެޓްބޯޅަ އަދި ވޮލީ ކޯޓެއް ހަދާފައިވެއެވެ. މީގެއިތުރުން މި ސަރުކާރުގެ ތެރެއިން އެ ރަށުގައި ހިންގާފައިވާ އެންމެ ބޮޑު މަޝްރޫއު އަކީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ އިތުރުންވެސް ހިންނަވަރުގައި ވަނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކޮށްފަ. މި މަޝްރޫއު ތަކުގެ އިތުރުންވެސް އެ ރަށުގައި މިހާރުވެސް އަންނަނީ އިތުރު ޕްރޮޖެކްޓްތައް ހިންގަމުން. ހިންނަވަރުގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއީދު ކުރަމުން އަންނަ އިރު، ހިންނަވަރަކީ މީގެކުރިން އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޮތް ރަށެއްކަން ފާހަގަކޮށްލެވެއެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިޙުގެ އުފަން ރަށްކަމަށްވާ ހިންނަވަރުގައި އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ ފަސް މަޝްރޫޢުއެއް ހިންގާފައި ވާއިރު، ރައީސް ޔާމީންގެ ސަރުކާރުގައި ބާރަ މަޝްރޫޢުއެއް މިހާރު ވަނީ ހިންގާފައެވެ.
ހިންނަވަރުގައި ބޭއްވި ޖަލްސާޣެ ތެރެއިން
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ހިންނަވަރު ރައްޔިތުން ތިބީ ރައީސް ޔާމީންއާއެކު- މިނިސްޓަރ އަބްދުﷲ ނާޒިމް
7 މިނެޓް ކުރިން
ދެ އުޅަނދެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
48 މިނެޓް ކުރިން
10ރ އާއި 100ރ ގެ ނޫޓު އަލުން ޗާޕުކޮށްފި
52 މިނެޓް ކުރިން
މިލަދުންމަޑުލު އުތުރުބުރީގެ ރައްޔިތުންވެސް ތިބީ ރައިސް ޔާމީންގެ ތަރައްގީގެ ފަހަތުގަ - މުހައްމަދު ލައ...
1 ގަޑި ކުރިން
މީރާގެ މުވައްޒަފުން އައިޖީއެމްއެޗުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފި
1 ގަޑި ކުރިން
ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތްކުރަން އުޅުނު ޑައިވަރަކު މަރުވެއްޖެ
1 ގަޑި ކުރިން
ޒުވާނުންގެ ހިޔާލުތަކުން ފައިސާ ލިބިގަތުމަށް އުރީދޫ އިން އިންގިލާބީ ބަދަލެއް!
22 ގަޑި ކުރިން
ބައިގަރުނުގެ ތެރޭގައި ނުދެކޭފަދަ ތަރައްގީ ފެނިއްޖެ - ހަސަން މުފީދު
2 ގަޑި ކުރިން
ގަހެއް ކަނޑައިދީގެން ފެށި ވިޔަފާރި، އެންމެ ފަހުން އިމާރާތް ކުރުމުގެ ދާއިރާގެ އެންމެ އުހަށް
13 ގަޑި ކުރިން
ބޮޑު މުސާރަ ނަގައިގެން ތިބި މާލޭ ސިޓީ ކައުންސިލުގެ ޒިންމާއަކީ ކޮބައިބާ!
13 ގަޑި ކުރިން
ބައިނަލްއަޤްވާމީ ފެންވަރުގައި ހަދާ ޤައުމީ ފުޓްބޯޅަ އެކަޑެމީގެ ބިންގާ އަޅައިފި
21 ގަޑި ކުރިން
ވިއްސާރަކޮށްފިނަމަ ހޮހަޅައިގައި ތިބި ކުދިން ސަލަމާތްކުރަން އުނދަގޫތަކަކާ ކުރިމަތިވާނެ: އަސްކަރިއްޔާ
22 ގަޑި ކުރިން
ގުޅުން ހުރި
ހިންނަވަރު ރައްޔިތުން ތިބީ ރައީސް ޔާމީންއާއެކު- މިނިސްޓަރ އަބްދުﷲ ނާޒިމް
7 މިނެޓް ކުރިން
17
0
ދެ އުޅަނދެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
48 މިނެޓް ކުރިން
20
0
10ރ އާއި 100ރ ގެ ނޫޓު އަލުން ޗާޕުކޮށްފި
52 މިނެޓް ކުރިން
18
0
މިލަދުންމަޑުލު އުތުރުބުރީގެ ރައްޔިތުންވެސް ތިބީ ރައިސް ޔާމީންގެ ތަރައްގީގެ ފަހަތުގަ - މުހައްމަދު ލައްމާން
1 ގަޑި ކުރިން
51
0
ހިންނަވަރު ރައްޔިތުން ތިބީ ރައީސް ޔާމީންއާއެކު- މިނިސްޓަރ އަބްދުﷲ ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ