އިސްލާހު ގެންނަން ޖެހޭ ކަމަށް މައުމޫން ވިދާޅުވެއްޖެ

އިސްލާހަކީ ގެންނަން ޖެހޭ ކަމަށް ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމަށް އިސްލާހު ގެނައުމަށް ކަމަށް ބުނަމުން ދަނިކޮށެވެ. އަދި މައުމޫން ގެންދަވަނީ ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވެ އެ މަސައްކަތް ފަށާފައި ވަނިކޮށެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާހު ގެނައުމަކުން އޭގައި ގޯހެއް ނެތް ކަމަށެވެ. އަދި އިސްލާހު ގެނައުމަށް މަސައްކަތް ކުރުމަކީ ކުރިއަށް ދިއުމަށް ބޭނުން ކުރެވޭ ވަރުގަދަ ހަތިޔާރެއް ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
Reform can never be bad. In fact it is a powerful tool of progress.
— Maumoon Abdul Gayoom (@maumoonagayoom) September 27, 2016
ޕީޕީއެމް ތެރޭގައި ހިޔާލު ތަފާތުވުން އުފެދި ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައިސްގެ މައުމޫނުގެ ފެކްޝަނެއް ވަނީ އުފެދިފައި އެވެ. ބައެއް ކަންކަމުގައި ރައީސް މައުމޫނާއި ރައިސް މައުމޫނަށް ތާއިދު ކުރައްވާ ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އަދި މައުމޫން ގެންދަވަނީ ޕީޕީއެމް އިސްލާހު ކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެންބަރުން ދެކޮޅު ހައްދަވައިރު ޕީޖީ ގްރޫޕުގެ މެޖޯރިޓި އޮތީ ރައީސް ޔާމީން ފެކްޝަންގައި އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާ މި ދަނޑިވަޅަކީ ހަމަ އެކަނި ޕީޕީއެމް ތެރެއިން އިސްލާހުގެ ވާހަކަ ދައްކާ ދުވަސް ވަރެއް ނޫނެވެ. އިދިކޮޅު އިއްތިހާދާއި އިއްތިހާދުގެ ލީޑަރުން ގެންދަވަނީ އެ ބޭފުޅުން ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެންނެވުމަށް ގޮވާލައްވަމުންނެވެ.
މިކަމާއި ގުޅޭގޮތުން މައުމޫން އެއްޗެއް ވިދާޅު ނުވިނަމަވެސް މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި މިހާތަަށް އެއްވެސް ވަރަށް މަޝްވަރާ ކުރެވި އެއްވެސް ކަމަކާއި ބެހޭގޮތުން ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފަިއވަނީ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިސްލާހީ މަސައްކަތަށް ރައިސް މައުމޫން ތާއީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ