ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ އުސޫލު ހައިކޯޓުން ބާތިލް ކޮށްފައިވާތީ ޖޭއެސްސީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހައި ކޯޓުން އެ އުސޫލު ބާތިލުކޮށްފައި ވަނީ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރާއި ހަސަން ފިޔާޒު އެ ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއް ބެއްލުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅި ނަމަވެސް،މިހާތަނަށް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.
ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަންޖެހިފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހްމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާތީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދާދި ފަހުން ޖޭއެސްސީން ވަނީ އިއުލާންކޮށްފައެވެ.
ޖޭއެސްސީން އެކުލަވާލާފައިވާ އުސޫލު ހައިކޯޓުން ބާތިލުކޮށްފައިވާތީ ސުޕްރީމް ކޯޓަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ