މިމަހު ބާއްވަން ހަމަޖައްސާފައިވާ އިންޓަރ ސްކޫލް ޒަމާނީ ބަށިބޯޅަ މުބާރާތް ގައުމުގެ ހާލަތު ހުރިގޮތުން ފަސްކުރަން ނިންމައިފިއެވެ.
ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދޭގޮތުގައި މިމަހުގެ 23 އިން 28 ގެ ނިޔަލަށް ބާއްވަން ނިންމި އިންޓަރ ސްކޫލް މުބާރާތް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 7 އިން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިގޮތަށް އެ ފައުންޑޭޝަނުން ނިންމީ، ރައީސް ނަޝީދު ހައްޔަރުކުރުމާ ގުޅިގެންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ.
އިންޓަރ ސްކޫލް ޒަމާނީ ބަށިބޯޅަ މުބާރާތް ފަސްކުރިއިރު، ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ އިތުރުކޮށްފައެވެ. މިހާރު ބައިވެރިވުމަށް އެދޭ ފޯމްތައް އަންނަ މަހުގެ 20 ފެށިގެން 30 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ބަށިބޯލް ފައުންޑޭޝަނުން ބުނެއެވެ.
ޒުވާނުން ކުޅިވަރުތަކަށް އަހުލުވެރި ކުރެއްވުމަށް ސަރުކާރުން އެއްބާރުލުން ދެއްވަވާ ފަދައިން ގިނަ ސްކޫލްތަކަކުން މިކުޅިވަރުގައި ބައިވެރިވުމަށް ލިބިގެންދިޔަ އިތުރު ފުރުސަތަކަށްވާތީ އެހެން ކުޅިވަރުތައް ކުރިއެރުވުމަށް އެއްބާރުލުންދޭ ފަދައިން މިކުޅިވަރަށްވެސް އެއްބާރުލުންދީ ޒުވާނުން މިކުޅިވަރަށް އަހުލުވެރި ކުރުވުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ކޮންމެ ސްކޫލަކުންވެސް ބައިވެރިވުމަކީ ބަށިބޯލް ފައުންޑޭޝަނުގެ އެދުމެކެވެ.
ރާއްޖޭގެ ޒަމާންވީ ކުޅިވަރު ބަށިބޯޅަ ކުރިއެރުވުމަށް މިދިޔަ އަހަރުން ފެށިގެން އެ ފައުންޑޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގައުމުގެ ހާލަތު ހުރިގޮތުން އިންޓަރ ސްކޫލް ޒަމާނީ ބަށިބޯޅަ މުބާރާތް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ