ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ވަގުތު ކުޑަކޮށްފި

ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ވަގުތު މަދުކޮށް ހަ ގަޑިއިރު މަސައްކަތް ކުރާގޮތަށް ނިންމައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގައި މަސައްކަތުގެ ވަގުތު ކަމަށްވާ ހަތްގަޑިއިރުން އެއް ގަޑިއިރު މަދުކުރަން ނިންމާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ޝަރުއީ ދާއިރާގެ މަސައްކަތްކުރާ ރަސްމީ ވަގުތަކީ 0800 އިން ފެށިގެން 1400 އަށެވެ. ކުރިން ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ 0800 އިން ފެށިގެން 1500 އަށެވެ،
ރަސްމީ މަސައްކަތު ގަޑި އަށް ބަދަލުގެނައި ނަމަވެސް، ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް އެ އެންގުމުގައި ބުނެފައިވވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ