މިސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އައިމިނަތު ނާދިރާ ޕޮލިހަށް ހާޒިރުވާން އަނގައިފި އެވެ.
ނާދިރާ ވިދާޅުވީ އޭނާ ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ އޭނާ އާއި ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ބުނެދީފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަންގެ ނައިބް ރައީސްގެ ގޮތުގައިވެސް ހުންނެވި ނާދިރާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 1:30 އަށެވެ.
ފުލުސް އޮފީހަށް ހާޒިރުވާން ނާދިރާއަށް އަންގާފައި މިވަނީ ރައީސް މަައުމޫނުގެ އަރިހުގަައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން އަންގަމުންދާ ވަގުތެއްގަ އެވެ.
މީގެ ކުރިން ވަނީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަމަށް ހަމަޖައްސާފައިވާ އަބްދުލް އަލީމް ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ޕީޕީއެމްގެ މައުމޫނު ފެކްޝަންގެ ނައިބް ރައީސް ޕޮލިހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ