ކުށެއްގެ ތުހުމަތުކުރެވޭ މީހުންގެ ފޯނު ފާސްކުރަން ބޭނުން ނަމަ ފުލުހުން ކޯޓު އަމުރެއް ހޯދަންޖެހޭ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
ކޯޓުން ބުނެފައި ވަނީ މީހެއްގެ ފޯނު ފާސް ކުރުމަކީ ގޯތިގެދޮރާއި މުދަލާއި ހަށިގަނޑު ފާސް ކުރުން ފަދަ ކަމެއް ކަމަށެވެ.
އިސް ފަނޑިޔާރު ޖޯން ރޮބަޓްސް ވިދާޅުވެފައި ވަނީ ފަރުދީ އަދި ޒާތީ ހައްގުތައް ހިމާޔަތްކުރުމުގައި ކުރިންސުރެ އަމަލުކުރަމުން އައި ގޮތް، 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީއާއެކު ބަދަލު ނުވާނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ މޯބައިލް ފޯނަކީ މި ޒަމާނުގައި ވަރަށް ގިނަ ޒާތީ މައުލޫމާތު ރައްކާކޮށްފައި ހުންނަ އެއްޗެއް ކަމަށެވެ.
ހުކުމުގައި ވަނީ ފޯނެއް ފާސްކުރަން ބޭނުން ނަމަ އެކަމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މީހަކު ހެކި ނައްތާލަފާނެ ކަމަށް ބެލެވޭ، މަދު ހާލަތްތަކެއްގައި ނޫނީ ކޯޓު އަމުރު ހޯދަން ޖެހޭނެ ކަމަށެވެ. -- އޭއެފްޕީ
ކޯޓު އަމުރެއް ނެތި ފޯނު ފާސް ނުކުރެވޭނެ: އެމެރިކާ ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ