ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައިވާއިރު ވޯޓާއިމެދު ގާފިލް ވެގެން ތިބެގެން ނުވާނެކަމަށާއި ވޯޓް ދޭންވާނީ އެންމެ ރަނގަޅު ކެނޑިޑޭޓަށްކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރަޢީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކާމިނީ ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު މައުމޫނު ރޭ ވިދާޅުވީ ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކަކީ އެކަން ހިތުގައި ބާއްވައިގެން ތިބެންވީ ބައެއް ނޫންކަމުގައެވެ. އަދި އެމަނިކުފާނަށް ތާއީދުކުރާނަމަ ޔާމީނަށް ވޯޓް ދެއްވުމަށްވެސް މައުމޫނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިހާރު ތިއްބެވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ އިހްލާސްވެރި އެންމެ ހަރުދަނާ ކެންޑިޑޭޓަކީވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންކަމަށް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ މިހާރު ތިބި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންނަށް އެންމެ ރަނގަޅު ކަންތައްތަކެއް ކޮށްދިނުމަށް ހުށައަޅާފައިވާ ކެންޑިޑޭޓަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކަމުގައެވެ. އަދި ގައުމާއި އިސްލާމްދީން ހިމާޔަތް ކުރުމަށްޓަކައި ޔާމީނަށް ވޯޓް ދޭން ޖެހޭކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.
އަދި 2008 ވަނަ އަހަރު ރައްޔިތުން ގެނައި ވެރިކަމުގައި ކަން ހިނގާދިޔަގޮތް ފެނިފައިވާކަމަށާއި ވެރިކަމަކީ އަޖުމަ ބަލާލުމަށް ހަވާކުކުރެވޭނެ ކަމެއް ނޫންކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ވޯޓާއިމެދު ގާފިލްވެގެން ތިބެގެން ނުވާނެ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ