ފޯމްގެ ސައްހަކަން ކަށަވަރު ނުވާ ފަރާތްތަކަށް އަލުން ފޯމު ހުށައެޅުމަށް އަންގައިފި

ރީ ރަޖިސްޓާވި ފަރާތްތަކުގެ ތެރެއިން ފޯމްގެ ސައްހަަކަން ކަށަވަރު ނުވާ ފަރާތްތަކަށް އެކަން އިލެކްޝަންސް ކޮމިޝަނުން އަންގަން ފަށައިފިއެވެ.
އެކިއެކި ސަބަބުތަކާއި ގުޅިގެން ރީ ރަޖިސްޓާވުމަށް ހުށަހެޅި ފޯމްތަަކުގެ ތެރެއިން ސައްހަކަން ކަށަވަރު ނުވާ ފަރާތްތަކަށް މިރެއިން ފެށިގެން މެސެޖްކުރަމުން ގެންދާނެ ކަމަށް އީސީން ބުނެފިއެވެ.
ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާއި ހުރެ ރީ ރަޖިސްޓާ ނުވެވުނު ފަރާތްތަކަށް އަލުން ރީ ރަޖިސްޓާ ކުރުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް އެފުރުސަތު ހުޅުވާލާނެކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އީސީގެ މެންބަރު އަހުމަދު އަކްރަމް އާއި ހަވާލާދީ އޮންލައިން ނޫސް "ދަޕްރެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރީ ރަޖިސްޓާ ވުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން ކަށަވަރު ނުވީ ކިތައް މީހުން ކަމާއި އެކަމުގެ މައުލޫމާތު މީޑިއާތަކަށް ވަރަށް އަވަހަށް ހާމަކުރައްވާނެ އެވެ. މިކަމުގެ އިތުރު ތަފްސީލެއް އަކްރަމް ނުދެއްވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 5576 އެއްހާ ފޯމް ބާތިލް ވެފައި ވެއެވެ. އަދި މި ފަރާތްތަކަށް އަލުން ރީ ރަޖިސްޓާ ކުރުމަށް ފުރުސަތު ހުޅުވާލަނީ މިމަހުގެ 27 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ އިތުރުން ރީ ރަޖިސްޓާ ކުރުމަށް ހުޅުވާލި ފުރުސަތު، ސިނާއީ ރަށްރަށާއި ރިސޯޓްތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން އަދަދު ހަމަނުވާ ތަންތަނަށް ރީރަޖިސްޓާވި މީހުންނަށް އަލުން ރީ ރަޖިސްޓާކުރުމުގެ ފުރުސަތު އެމުއްދަތުގައި ހުޅުވާލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ