ޖޭއެސްސީގެ މެމްބަރު ކަމަށް އަލީ ހަމީދު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
ދާދިދެންމެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ހަމީދު އަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.
އަލީ ހަމީދު މަގާމުގެ ހުވާ ކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ އޭނާއަށް ޖޭއެސްސީގެ މެމްބަރު ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފައެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް އަލީ ހަމީދު އައްޔަން ކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ އާދަމް މުހައްމަދު އަބްދުﷲ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރު އާދަމް މުހައްމަދު މިހާތަނަށް ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ