"ސްކޫލް ކޮރިޑޯ އެކްޓިވިޓީ" އިފްތިތާހު ކޮށްދެއްވައިފި

"ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާޓީ ބްރޭކްސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
މިއަދު ހެނދުނު ހުޅުމާލޭ ޣާޒީ ސްކޫލުގައި އިފްތިތާހު ކުރި މި ހަރަކާތަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓައިނީ ހާޓްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސްގެ އަނބިކަނބަލުން ވަނީ ޓައިނީ ހާޓްސް ފަދަ ޖަމިއްޔާއަކާ ގުޅިގެން އެޑިއުކޭޝަނުން އެ މަސައްކަތް ކުރައްވާތީ އުފާ ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.
ދަރިވަރުން ކްލާހުން ނުކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮއްލުމުގެ ފުރުސަތު ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއްކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން އިރުޝާދުތަކަށް ތަބާވާން ކުދިންނަށް ދަސްވާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. އަދި މި ހަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެ ހެދުމުގެ ބަދަލުގައި ކޮރިޑޯގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަސްވެގެންދާނެކަން ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ.
ޓައިނީ ހާޓްސް އާ އެޑިއުކޭޝަން ގުޅިގެން ޣާޒީ ސްކޫލުގައި ފެށި މި ހަރަކާތަކީ އަޖުމަބެލުމުގެ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ