ކޮންމެ އަހަރަކުވެސް
ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބާއްވާ ކަންގަތި އެވޯޑް 2018 ގައި ފ.ނިލަންދޫ ރަށު ކައުންސިލުން
މުޅިރާއްޖެއިން 2 ވަނަ ހޯދައިގެން އެ އޮތޯރިޓީންދޭ ރަނަ ހަމާންތީގެ 2ވަނަ
ދަރަޖައިގެ އެވޯޑް ހާސިލްކޮށްފިއެވެ. މީގެ އިތުރުން، ކައުންސިލްތައް މިނުމަށް އެލްޖީއޭއިން
ބޭނުންކުރާ 5 ސަބް އިންޑެކްސްގެ ތެރެއިން ސެކިއުރިޓީއާއި ޕާފޯރމަންސް އިންޑެކްސްއިން
ނިލަންދޫ ކައުންސިލްވަނީ އެންމެ މަތީ ދަރަޖަ ހާސިލްކޮށްފައެވެ.
މިއީ، މިހާތަނަށް ނިލަންދޫ
ރަށު ކައުންސިލަށް ލިބިގެންދިޔަ އެންމެ ފަޚުރުވެރި ކާމިޔާބީއެވެ. މިހާރުގެ
ކައުންސިލް އިންތިޚާބުވުމަށްފަހު ނިލަންދޫގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް
ރާވައި ހިންގާފައިވެއެވެ. އަދި ހަމައެހެންމެ، ގާނޫނުން ލާޒިމްކުރާ ރައްޔިތުންގެ
ބައްދަލުވުންތައް ގަވައިދުން ބާއްވާފައިވުމުގެ އިތުރުން، ރައްޔިތުންނާއި
ގުޅުންހުރި ކަންކަން ކުރުމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ވަރަށް ބޮަޑަށް
ހޯދަމުންގެންދާކަން ފާހަގަކުރެވެއެވެ.
އެވޯޑް ހަފްލާއަށް ވަޑައިގެންނެވި ނިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ މުޙަންމަދު ހާމަކުރެއްވި ގޮތުގައި 1 ވަނަ ލިބިފައިނުވަނީ މަޢުލޫމާތު ފޮނުވުމުގައި ޖެހުނު ކުށެއްގެ ސަބަބުން އެވެ. ނިލަންދޫ ރަށު ކައުންސިލުންކުރާ ތެލުގެ ވިޔަފާރީގެ އާމްދަނީ ފައިނޭންޝަލް ސަބް އިންޑެކްސްގައި ހިމެނިފައިވީނަމަ އެއްވަނަ ދަރަޖަ ހާސިލްކުރެވުނީސްކަމަށް އޭނާ ހާމަކުރެއްވިއެވެ.
މަރްޙަބާ ނިލަންދޫ ރަށު
ކައުންސިލް! މަރްޙަބާ ނިލަންދޫ ރައްޔިތުން!
2018 ވަނަ އަހަރު މުޅި ރާއްޖެއިން ދެވަނަ ނިލަންދޫ ރަށު ކައުންސިލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ