މައުމޫން އޭސީސީއަށް ގެންދަން ޖެހޭ ސަބަބެއް ނެތް: ނިހާން، އަދުރޭ

ކުރީގެ އޮޑިޓް ރިޕޯޓްތަކެއްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭސީސީއަށް ގެންދަން ނުޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާސް ހުސެން މަނިކާއި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭސީސީ އިން ބުނެފައި ވަނީ ތީމުގެ އޮޑިޓް ރިޕޯޓްގައި ހުރި ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
އެކަމާ ގުޅިގެން ނިހާން ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، ތީމުގެ އޮޑިޓް ރިޕޯޓްތަކަކީ، ކުރީގެ އޮޑިޓާ ޖެނެރަލް މާކުން ނައީމްގެ ސިޔާސީ ޓައިމް ބޮމެއް ކަމަށެވެ. އަބްދުއްރަހީމް ވެސް ވިދާޅުވީ އެ ރިޕޯޓަކީ ސިޔާސީ ކަމެއް ކަމަށާއި އޭގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އޭރު ނެރުނު ތީމުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެތަނުގެ ބަޖެޓުން ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ