ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުން މިއަދު ހަވީރު

ރިޔާސީ އިންތިހުާބުގައި ޕީއެންސީން ވާދަ ކުރަން ނިންމައި މިއަދު ފުރުސަތު ހުޅުވާލި އިރު އެ ފުރުސަތަށް އެންމެ ބޮޑަށް ވާދަ ކުރައްވަނީ ޑރ. މުހައްމަދު މުއިއްޒު އާއި އާދަމް ޝަރީފެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރަން ހުޅުވާލައި މިއަދު ހަވީރު ކެނޑިޑޭޓަކު ކަނޑައަޅަން ނިންމައިފި އެވެ.
ޕީއެންސީން ނޫސްބަޔާނެއް މެދުވެރިކޮށް ބުނީ އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން މިއަދު ފާސް ކޮށްފައިވާތީ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަ ކުރަން އެދޭ ފަރާތްތަކުން މިއަދު މެންދުރު ފަހު 2:00 ޖެހުމާ ހަމައަށް ކުރިމަތިލާން އެދޭ ކަމަށެވެ. އަދ ބުނީ ޝައުވެރިކަން ފާޅުކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީގެ ޓިކެޓްގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ މިއަދު ހަވީރު 4:00 ޖަހާއިރު އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ކަމަށެވެ. ރިޔާސީ އިންތިހުާބުގައި ޕީއެންސީން ވާދަ ކުރަން ނިންމައި މިއަދު ފުރުސަތު ހުޅުވާލި އިރު އެ ފުރުސަތަށް އެންމެ ބޮޑަށް ވާދަ ކުރައްވަނީ ޑރ. މުހައްމަދު މުއިއްޒު އާއި އާދަމް ޝަރީފެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ