ވާދޫ ފެނަކަ އޮފީހާއި، ފަރެސްމާތޮޑާގެ އާ މަރުކަޒީ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގދ. ވާދޫ ފެނަކަ އޮފީހާއި، ފަރެސްމާތޮޑާގެ އާ މަރުކަޒީ އިންޖީނުގެ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ވާދޫގައި މިއަދު ރައީސް ހުޅުއްވައިދެއްވި ފެނަކަ އޮފީސް އިމާރާތުގައި ސްޓާފް ރޫމާއި ލޮބީ އަދި ރިސެޕްޝަނާއި، ޕޭންޓްރީ، މެނޭޖިން ރޫމް އަދި މީޓިން ރޫމްގެ އިތުރުން ގެސްޓް ރޫމް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެކެވެ. ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ މިއަދު "ސަން" އަށް ވިދާޅުވީ، ރަސްމީކޮށް ވާދޫގެ ފެނަކަ އޮފީސް ހުޅުވުމުގެ ކުރިން ވެސް އެ އޮފީހުން ލިބެންވާ ފައިދާތަށް ރައްޔިތުންނަށް ދިޔައީ ލިބެމުންކަމަށެވެ. "މި އޮފީސް ގާއިމްކުރުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވި. މެނޭޖަރުންނާއި އަދިވެސް އިތުރު ވަޒީފާތައް އިތުރުވެގެންދިޔަ،" އަބްދުﷲ ވިދާޅުވިއެވެ. މީގެ އިތުރުން ފަރެސްމާތޮޑާގެ އާ މަރުކަޒީ އިންޖީނުގެޔަކީވެސް ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކޮށްފައިވާ 1840 ކިލޯވޮޓުގެ އިމާރާތެކެވެ. މިހާރުވެސް ރައީސް ވަޑައިގަންނަވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރަމުންދާ ކެމްޕެއިން ދަތުރުފުޅުތަކުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާ ކުރާނެ އެތައް ޚިދުމަތްތަކެއް ހޯދުމުގެ މަގު ފަހި ކޮށްދެއްވައި، ދެން އަންނަ ދައުރެއްގައި ވެސް އެމަނިކުފާނު ވެރިކަމުގައި ހުރެއްޖެނަމަ، އަދިވެސް އިތުރު ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ