އެމްއެމްއެސް އިން ވަނީ މެލޭޝިއާ އާއި ކޮލަމްބޯއާ ދެމެދު މުދާ އުފުލުމުގެ އޮޕަރޭޝަން ފަށާފަ އެވެ.
ގައުމީ ބޯޓު ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިން (އެމްއެސްއެމް) އިން ސްރީލަންކާ އާއި ދެކުނު އިރުމަރީ އޭޝިއާގެ ބައެއް ބަނދަރުތަކާ ދެމެދު މުދާ އުފުލުމުގެ ވިޔަފާރި ފުޅާކޮށްފި އެވެ.
ގައުމީ ޝިޕިން ކުންފުނިން މީގެ ކުރިން މި ހިދުމަތް ދިނީ ހަމައެކަނި ސިންގަޕޫރު ބަނދަރުންނެވެ. ނަމަވެސް އެ ކުންފުނިން މިހާރު ވަނީ އިންޑޮނޭޝިއާގެ ސްމަތްރާގެ ޕޯޓް އޮފް ބެލަވަން ބަނދަރާއި މެލޭޝިއާގެ މައި ޕޯޓް ކަމަށްވާ ޕޯޓް ކަލަންގް އާއި މި ސަރަހައްދުގެ މައި ބަނދަރު ކަމަށްވާ ސްރީލަންކާގެ ކޮލަމްބޯ ބަނދަރާ ދެމެދު ގުޅާލާފަ އެވެ.
ގައުމީ ބޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ބެލަވަން ބަނދަރާއި ކޮލަމްބޯއާ ދެމެދު ދަތުރު ފެށުމުން އެނގިގެންދަނީ އޮޕަރޭޝަން މަޑުމަޑުން ފުޅާވަމުންދާ ކަމެވެ. މިއީ ކުންފުންޏަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެމްއެސްއެސް ގްރެފިން ކަމަށް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެކުނު އޭޝިއާގެ ރޫޓަށް ދަތުރުތައް ފުޅާކުރާއިރު މި ސެކްޓާ އިން ރާއްޖެ އަށް މުދާ ގެންނަން ވެސް އޮތް ފުރުސަތުގެ ބޭނުން ވެސް ހިފޭނެ އެވެ. އަދި އެމްޕީއެލް އާއި އެމްއޭސީއެލް އަދި ކަސްޓަމްސް ގުޅިގެން ފަށާފައިވާ ސީޓު އެއާ ކާގޯގެ ޑިމާންޑް އުފުލެމުންދާތީ އެކަމަށް ވެސް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ގައުމީ ބޯޓު ކުންފުނި އުފައްދާފައިވަނީ 2020 ވަނަ އަހަރު އެވެ. އެ ކުންފުނިން ވަނީ ކޮވިޑުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ މުދާ ގެންނަން މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މިހާރު އެ ކުންފުންޏަކީ ރާއްޖެެއަށް ގެންނަ މުދަލުގެ 90 ޕަސެންޓް ހިއްސާ ކުރާ ކުންފުންޏެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގައުމީ ބޯޓު ކުންފުނީގެ މުދާ އުފުލުން ދެކުނު އިރުމަތީ އޭޝިއާގައި ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ