ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް، ވިނަރެސްގެ އެޕާޓްމަންޓެއް ލިބުނުކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އުސޫލާ ހިލާފަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ވިނަރެސްގެ ބައެއް އެޕާޓްމަންޓްތައް ލިބުނު މީހުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީގެ ތެރޭގައި ސީލައިފް މައްސަލާފައި ފައިސާ ދެއްކިކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށްގެން ވިނަރެސްގެ އެޕާޓްމަންޓްތައް ހޯދާފައިވާ މީހުންގެ މައުލޫމާތުތައް ހިމެނެއެވެ. މި ލިސްޓްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުގެ ނަންވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރަޖުނީއާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކުގެ ހަގީގަތް ބެލުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށެވެ.
Advertisement
ވިނަރެސް ފްލެޓްތައް އުސޫލާ ހިލާފަށް ދިން މީހުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މި ލިސްޓްގައި އެކި ސަރުކާރުތަކަށް ނިސްބަތްވާ ސިޔާސީ ފަރާތްތައް ހިމެނެއެވެ. ސީލައިފް ފެލްޓްތަކަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ފްލެޓް ނުލިބުނުބައެއް މީހުންނަށް ވިނަރެސް ފްލެޓްތަކުން ވަނީ އެޕާޓްމަންޓްތައް ހަމަޖައްސައިދީފައެވެ. ހަމަ އެގޮތަށް ގުލީފަޅުން އެޕާޓްމަންޓްތައް ދީފައިހުރި ބައެއް ފަރާތްތަކަށްވެސް ބަދަލެއްގެ ގޮތުން ވިނަރެސްއިން އެޕާޓްމަންޓުތައް ވަނީ ދީފައެވެ.
ސިޔާސީގޮތުން ގުޅުން އޮންނަ ފަރާތްތަކަށް އެކި ވެރިކަމުގެ ތެރޭގައި ނުހައްގުން ފްލެޓާއި ބިންތައް ދެމުން އަންނަ ވާހަކައަކީ ރައްޔިތުން މީގެ ކުރިންވެސް ފާހަގަކުރަމުން އަންނަ ކަމެކެވެ.
ފުލުހުންގެ ހެޑެއްކަމަށްވާ ރަޖުނީއަށް ފްލެޓް ލިބުނުކަމަށް ބުނާ މައްސަލަ ފުލުހުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ