ގުޅީފަޅު ބިން ހިއްކާ ނިންމާލައިފި

ކ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ.
ގުޅީފަޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ޖުލައި 2023 ގައެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކުރީ ބޮސްކާލިސްއާއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅީފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ނިމުނީ އިއްޔެ ކަަމަށެވެ.
ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދުކެވެ.
ވަޒީރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަަމަށެވެ. އަދި އެ ސަރަހައްދުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައިވާ ރަސްމާލެ އާއި ގުޅީފަޅުގައި މުނިސިޕަލް ހިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ތަރައްގީ ކުރުމަށް ޗައިނާގެ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ވަނީ ހަވާލުކޮށްފައެވެ.
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ